މިދިޔަ އަހަރުގެ ފަހު ކުއާޓަރގައި އުރީދޫގެ އާމްދަނީ 148މިލިޔަން ރުފިޔާއަށް!
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 148 މިލިޔަން ރުފިޔާ ލިބިއްޖެއެވެ.
މިކަން ހާމަވެފައިވަނީ އެކުންފުނީގެ ތަފާސްހިސާބުތަކުންނެވެ.
އުރީދޫއަށް ސާފު ފައިދާގެ ގޮތުގައި 148މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ފަސް ޕަސެންޓުގެ ކުރިއެރުމެއްކަން ފާހަގަކޮށްލެވެއެވެ.
އެ ކުންފުނީގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ޖުމްލަ ފައިދާގެ ގޮތުގައި ލިިބިފައިވަނީ 481 މިލިޔަން ރުފިޔާއެވެ.
އެ ކުއާޓަރުގައި އުރީދޫއިން ވަނީ ޓެކްސްގެ ގޮތުގައި 26.9 މިލިޔަން ރުފިޔާ ދައްކާފައެވެ.
އުރީދޫއިން މިދިޔަ ކުއާޓަރުގައި ވަނީ މުޅިން އާ ޑިޖިޓަލް ހިދުމަތްތަކެއްވެސް ރާއްޖެއަށް ތައާރަފުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް