ފައިނުގައި އެއަރޕޯޓެއް ނާޅަން ސަރުކާރުން ނިންމައިފި
ރ.ފައިނުގައި އެއަރޕޯޓެއް އެޅުމަށް ކުރީގެ ސަރުކާރުން ނިންމާފައި ވަނިކޮށް، އެކަން ކުރިއަށް ނުގެންދިއުމަށް މި ސަރުކާރުން ނިންމަައިފިއެވެ.
މި މަސައްކަތް ހުއްޓާލުމަށް ނިންމާފައިވަނީ ޕްރޮޖެކްޓް ކުރިއަށް ގެންގޮސްފިނަމަ ތިމާވެއްޓަށް ލިބޭނެ ގެއްލުންތަަކަށް ރިއާޔަތްކުރުމަށް ފަހުގައެވެ.
މި ޕްރޮޖެކްޓްގައި އެއާޕޯޓާއެކު ސިޓީ ހޮޓަލާއި މެޑިކަލް ސެންޓަރަކާއި ބައެއް ކަހަލަ ސާޖަރީތަކުން ރިކަވާ މީހުންނަށް ހިދުމަތް ދޭ ފެސިލިޓީއެއް ހެދުމަށް ޕްލޭންކުރެވުނެވެ. މި އެއާޕޯޓުގެ މަސައްކަތް ހަވާލުކުރީ އައިލެންޑް އޭވިއޭޝަނަށެވެ.
މި ޕްރޮޖެކްޓްގެ އީއައިއޭގައި ބުނާ ގޮތުން އެއާޕޯޓު މަޝްރޫއު ކުރިއަށް ގެންދަން 5،792 ގަސް ކަނޑަންޖެހެ އެވެ. އެއީ ފައިނުގައި ގަސް ހެދިފައިވާ ސަރަހައްދުގެ 38 ޕަސެންޓެވެ. ނަަމަވެސް މި ރިޕޯޓް އީޕީއޭއިން ބަލައިގެންފައެއް ނުވެއެވެ.
މި އެއާޕޯޓާއި ދެކޮޅަށް ގިނަ ފަރާތްތަކަކުން އަޑު އުފުލިކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް