އެމްޑީޕީގެ ބޮޑުދިދަ ނެގުން މާދަމާ ބާާއްވަނީ!
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީީޕީގެ އަަހަރީ ދުވަހާއި ގުޅިގެން ބޮޑުދިދަ ނެގުމުގެ ރަސްމިއްޔާތެއް ބޭއްވުމަށް ނިންމައިފިއެވެ.
އެމްޑީޕީން ބުނީ އެޕާޓީގެ 14ވަނަ އަހަރީ ދުވަހާއި ގުޅިގެން ބޮޑުދިދަ ނެގުމުގެ ރަސްމިއްޔާތު މާދަމާ ހެނދުނު ހައެއް ޖަހާއިރު، އެމްޑީޕީގެ ހަރުގޭގައި އޮންނާނެ ކަމަށެވެ.
އެ ރަސްމިއްޔާާތުގައި ބައިވެރިވުމަށް އެމްޑީީޕީގެ މެންބަރުންނަށް ވަނީ ދައުވަތު ދީފައެވެ.
އެމްޑީީޕީން އަބަދުވެސް އެޕާޓީގެ އަހަރީ ދުވަހާއި ގުޅުވައިގެން ދިދަ ނެގުމުގެ ރަސްމިއްޔާތުތައް ބާއްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް