ހުުޅުމާލޭގައި ލިފްޓެއް ވެއްޓި ބިދޭސީއަަކަށް އަނިޔާވެއްޖެ
ހުޅުމާލޭގައި ހަދަމުންދިޔަ އިމާރާތެއްގައި ލިފްޓެއް ވެއްޓި ބިދޭސީއަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ޖާހު އިންވެސްމަންޓްއިން ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީގައި ހަދަމުންދާ އިމާރާތެއްގައެވެ.
އެގޮތުން އެ އިމާރާތުގެ ހަތްވަަނަ ފަންގިފިލާއިން ލިފްޓް ބޭނުންކޮށްގެން އެއްޗެހިތަކެއް ބާލަން އުޅުމުގެ ތެރޭގައި އެމީހާއާއި އެކު ކޭބަލް ލިފްޓްވަނީ ކަނޑައިގެންގޮސް ވެއްޓިފައެވެ.
އޭނާއަށް މިހާރު ހުުޅުމާލޭ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. މި މައްސަލަ ދަނީ ފުލުހުންނާއި ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުން ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް