ހިތަދޫ އުސްގަނޑު ސަރަހައްދުގައި އޮތް ބާ ކާރުތަކެއްގައި ރޯވެއްޖެ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އައްޑޫސިޓީ ހިތަދޫ އުސްގަނޑު ސަރަހައްދުގައި އޮތް ބާ ކާރުތަކެއްގައި ރޯވެއްޖެއެވެ.
އެމްއެންޑީއެފްއިން ބުނީ، މި ހާދިސާގެ މަޢުލޫމާތު މިއަދު 07:40 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު އެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

މިގޮތުން އެ ސަރަހައްދަށް ފަޔަރ ފައިޓަރުން ގޮސް ކުރި މަސައްކަތުން އަލިފާން ނިއްވާލާފައި ވަނީ މިއަދު 08:00 ހާއިރު ކަމަށްވެސް ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް