ޔާމީންގެ އެކައުންޓުތައް ފްރީޒްކުރަން ނެރުނު އަމުރު ބާތިލްކޮށްފި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓްތަކުގައި ހުރި 100 މިލިއަނަށް ވުރެ ގިނަ އަދަދެއްގެ ރުފިޔާ ފްރީޒްކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން ބާތިލްކޮށްފި އެވެ.
ފުލުހުން ތަހުގީގުކުރަމުން އަަންނަ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯޑަކުރި ކަމުގެ މައްސަލަ އާއި ގުޅިގެން އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
ކްރިމިނަލް ކޯޓުގެ އަމުރަކާއި އެކު ފްރީޒް ކުރީ ނެރުނު އަމުރަކުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓްތަކެވެ.
މިއަދު އެ އެކައުންޓްތައް ފްރީޒްކުރަން ނެރުނު އަމުރު ހައިކޯޓުން ބާތިލްކޮށްފައި ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ޖިނާއީ އިޖުއާރުއަތު ގާނޫނުގެ 72 އަދި 73 ވަނަ މާއްދާއާ ހިލާފަށް ކޮށްފައިވާ އަމުރަކަށް ވާތީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް