އޭސީތައް ހެދުން ލަސްވަނީ ބޭރުން އެއްޗެހި ލިބުން ލަސްވެގެން: އައިޖީއެމްއެޗް
އައިޖީއެމްއެޗްގެ އެމަރޖެންސީ ރޫމްގެ އޭސީތައް ހެދުން ލަސްވަނީ އެ އެއްޗެހި ހެދުމަށް ބޭނުންކުރާ ސްޕެއަރ ޕާޓްސް ލިބުން ލަސްވެގެންކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
މީޑިޔާތަކަށް މައުލޫމާތުދެމުން އެ ހޮސްޕިޓަލުން ބުނީ އިމަރޖެންސީ ރޫމްގެ ސެންޓްރަލް އޭސީ ސިސްޓަމް މަރާމާތުކުރަމުންދާ ކަމަށާއި، އެެ މަސައްކަތް މިމަހުގެ ފަހުކޮޅަށް ނިންމާލެވޭނެކަމަށެވެ.
އެ މަސައްކަތް ލަސްވަނީ އެކަމަށް ރާއްޖެއިން ބޭރުން ގެންނަންޖެހޭ ތަކެތި ގެނައުން ލަސްވެގެންކަމަށް އައިޖީއެމްއެޗްގެ މީޑިޔާ އޮފިޝަލް މުހައްމަދު މުފީދުވެސް ވަނީ އޮންލައިން ނޫސް، ސަންއަށް މައުލޫމާތުދެމުން ބުނެފައެވެ.
"ބޭރުން ގެންނަ ކޫލިން ޓަވަރު އަޅުގަނޑުމެން އެކްސްޕެކްޓް ކުރި ތާރީހަށް ނައުމުން މަސައްކަތް ލަސްވީ. މިހާރު ކޫލިން ޓަވަރު ލިބި، މަސައްކަތް ކުރިއަށް ދަނީ،" މުފީދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް