ނޮވެލްޓީގެ ވެރިޔާ އަލީ ހުސައިން އަވަހާރަވެއްޖެ
ދިވެހި ރާއްޖޭގެ ޗާޕުކުރުމުގެ ދާއިރާއާއި ދިވެހި ތާރީހަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ނޮވެލްޓީގެ ވެރިޔާ އަލީ ހުސައިން އަވަހާރަވެއްޖެ އެވެ.
އަލީ ހުސައިން އަވަހާރަވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައިކަމަށް ޢަލީ ހުސައިންގެ ގާތް ބޭފުޅުން ވޮއިސްއަށް ވަނީ ކަށަވަރުކޮށްދީފައެވެ.
ޢަލީ ހުސައިންއަކީ އިބްރާހިމް ނާސިރުގެ ވެރިކަމުގައި ސަރުކާރަށް ހިދުމަތް ކުރެއްވުމަށްފަހު، މީގެ 50 ވަރަކަށް އަހަރު ކުރިން ޗާޕްކުރުމުގެ ދާއިރާއަށް ވަންނަވާފައެވެ.
ޢަލީ ހުސައިންއަށް ވަނީ ރާއްޖޭގައި ޗާޕުގެ މަސައްކަތް ތަރައްގީކުރުމުގެ ދާއިރާއިން އާންމުހިދުމަތުގެ އިނާމު 2003 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް