ނަޝީދަށް ރައްދު ދިނުމުން ޑރ. އިޔާޒަށް އިންޒާރުތަކެއް!
ކުރީގެ ރައީސް މުހައްމަދު ނަޝީދު ރަލުގެ ވިޔަފާރި އާއި ބެހޭގޮތުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވުމުން އިންޒާރުތަކެއް ލިބިވަޑައިގަންނަވަމުން ގެންދަވާ ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒު މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ރަލުގެ ވިޔަފާރި އާއި ބެހޭގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ޑރ. އިޔާޒް ވިދާޅުވެފައި ވަނީ ނަޝީދު ފަތުރަމުން ގެންދާ ފިކުރުތަކަކީ އިންތިހާއަށް ނުރައްކާތެރި ފިކުރުތަކެއް ކަމަށެވެ. އަދި އެ ނުރައްކަލުން ސަލާމަތްވުމަށް އެންމެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ޑރ. އިޔާޒް ވަނީ ވިދާޅުވެފައެވެ.
"މުހައްމަދު ނަޝީދު ވިދާޅުވި ބަހަކަށް އަޅުގަނޑު ޖަވާބެއް ދިން ކަމަށްޓަކައި ގިނަ އިންޒާރުތަކެއް އަންނަމުން ދެއެވެ" ޑރ. އިޔާޒު ޓްވިޓާރގައި ވިދާޅުވެފައިވެއެވެ.
vaki beyfulhaku vidhaalhuveethee aee Haggu bahakah vaa usooleh noave eve. konme meehaku namaves goas koh echcheh bunefi nama vaanee goahakasheve. @MohamedNasheed vidhaalhuvi bahakah alhugadu javaabeh dhin kamah takai v gina inzaaru thah annamun dhe eve.
— Dr Mohamed Iyaz (@dr_iyaz) March 13, 2019
ޑރ. އިޔާޒް ވިދާޅުވި ގޮތުގައި ކޮންމެ މީހަކު ނަމަވެސް ގޯސް ކޮށް އެއްޗެއް ބުނެފިނަމަ ވާނީ ގޯހަކަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް