ރައީސް "އިހުސާސް" ކުރެހުމުގެ މައުރަޒު ބައްލަވާލައްވައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު "އިހުސާސް" ކުރެހުމުގެ މައުރަޒު ބައްލަވާލައްވައިފި އެވެ.
ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްދާ މި މައުރަޒަކީ، ރާއްޖޭގެ ހުނަރުވެރި ފަންނުވެރިއެއް ކަމަށްވާ އަބްދުالله ފާއިޒް، ރާއްޖޭގެ އާސާރީ ތަންތަނާއި، އެހާރާއި މިހާރުގެ ދިރިއުޅުން ދައްކުވައިދޭ ކުރެއްހުންތައް ދައްކާލުމަށް ކުރިއަށް ގެންދާ މައުރަޒެކެވެ.

ރާއްޖޭގެ އިތުރުން ރާއްޖެއާއިި އަވަށްޓެރި ބައެއް ގައުމުތަކުގެ ކުރެހުންތައް ވެސް މައުރަޒުގައި ހިމެނެއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މަޢުރަޒުގެ ކުރެހުންތައް ބައްލަވާލައްވައި މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފަ އެވެ.

މި އޮގަސްޓް މަހުގެ 6 އިން 16 އަށް ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށް ގެންދާ މި މައުރަޒު ގައި ފަންސާސް ކުރެހުން ވަނީ ދައްކާލަން ބަހައްޓާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް