އަދީބު ހައްޔަރުކުރިކަން އިންޑިޔާއިން ރަސްމީކޮށް އަންގާފައެއް ނެތް: ޚާރިޖިއްޔާ
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިންޑިޔާއިން ހައްޔަރުކުރިކަން ރަސްމީކޮށް އަންގާފައި ނުވާކަމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ވޮއިސްއަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ މިއުވާން މުހައްމަދު ވިދާޅުވީ ގަވާއިދާއި ޚިލާފަށް އެތެރެވުމާއި ގުޅިގެން އަދީބު އިންޑިޔާއަށް ހައްޔަރުކުރިކަން ރަސްމީކޮށް އެއްވެސް އިދާރާއަކުން އަންގާފައި ނުވާކަމަށެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަދީބު އިންޑިޔާއަށް ދަތުރުކުރެއްވީ މީގެ ތިން ދުވަސް ކުރިންނެވެ. އެބޭފުޅާ އިންޑިޔާއަށް ދަތުުުރުކުރެއްވީ ވާރގޯ 9ކިޔާ ޓަގްބޯޓެއްގައެވެ.
އެގޮތުން އިންޑިޔާގެ މީޑިޔާތަކުން ވަނީ ޔަގީންކޮށްދީފައެވެ. އަދީބާއި އެކު އިތުރު ބަޔަކުވެސް ހައްޔަރުކުރިކަމަށް ވަނީ ބުނެފައެވެ.
އަދީބު އެގޮތަށް އިންޑިޔާއަށް ވަޑައިގެންނެވިއިރު، އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.
ރާއްޖޭގެ އޮންލައިން ނޫހެއްކަމުގައިވާ ރާއްޖެ.އެމްވީ އިން ރިޕޯޓްކުރާ ގޮތުގައި ޓަގު ބޯޓެއްގައި އަދީބު އިންޑިއާއަށް ފުރާވަޑައިގަތީ ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ. އަދި އިންޑިއާއިން އޭނާ ހައްޔަރު ކޮށްފައިވަނީ ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ.
އަދީބު ފުރާވަޑައިގެންނެވި ބޯޓުގެ ފަޅުވެރިއަކު ރާއްޖެއެމްވީއަށް ވަނީ އެކަން ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ ބުނީ އަދީބު މިވަގުތު ހުންނެވީ އިންޑިއާގެ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް