ދިއްގަރުގެ ކަނބަލުންނާއި އެކު ރައީސް ވޮލީ ކުޅުއްވައިފި
ދިއްގަރަށް މިއަދު ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެރަށުގެ ކަނބަލުންނާއި އެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ވޮލީ ކުޅުއްވައިފިއެވެ.
ދިއްގަރުގެ ކަނބަލުންނާއި އެކު ވޮލީ ކުޅުއްވި އިރު އެމަނިކުފާނުގެ އަރިހުގައި އެރަށަށް ވަޑައިގެންނެވި އެހެން ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރައީސް ސޯލިހަކީ އެމަނިކުފާނުގެ ޒުވާން ދުވަސްވަރު، ވަރަށް މޮޅަށް ވޮލީ ކުޅުއްވި ބޭފުޅެކެވެ. އަދި އެމަނިކުފާނު ވަނީ މަޖީދިއްޔާ ސްކޫލްގައި ތައުލީމު ހާސިލްކުރެއްވި ދުވަސްވަރު އެ ސްކޫލް ވޮލީ ޓީމްގައިވެސް ކުޅުއްވާފައެވެ.
ދިއްގަރަށް ރައީސް ސޯލިޙް މިއަދު ވަޑައިގެންނެވީ އެމްޑީޕީގެ މަޖިލިސް ކެމްޕެއިނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް