ރޯވި ގުދަނަކީ ކެމިކަލް ގުދަނެއް، 32 މީހަކު ވަނީ ވަގުތުން އެހެން ތަނަކަށް ބަދަލުކޮށްފައި: އެންޑީއެމްއޭ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މިރޭ އިއްޒުއްދީން މަގުގައި އަލިފާނުގެ ހާދިސާ ހިނގި ގުދަނަކީ ކެމިކަލް ގުދަނެއްކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.
އަލިފާނުގެ ހާދިސާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެކްސްގައި ކުރި ޕޯސްޓެއްގައި އެންޑީއެމްއޭއިން ބުނެފައިވަނީ، އަލިފާން ރޯވެފައިވަނީ ކެމިކަލް ގުދަނެއްގައި ކަމަށާއި، އަލިފާންގަނޑުވަނީ މިހާރު ކޮންޓްރޯލް ކުރެވިފައިވާކަމަށެވެ.
އެ އިދާރާއިން ބުނީ ގުދަން ހުރި ސަަރަހައްދުގެ 4 ގެޔަކުން 32 މީހަކު، ސޯޝަލް ސެންޓަރުގައި މިވަގުތު ގާއިމްކޮށްފައިވާ އިވެކިއުއޭޝަން ސެންޓަރަށް ވަގުތީގޮތުން ގެންދެވިފައިވާކަމަށެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ މި ހާދިސާގައި ދުމުގެ އަސަރު ކޮށް ހާލު ދެރަވި އަންހެނަކު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް