ޑިވިޑެންޑް ދެއްކިކަމަށް ތަފާސް ހިސާބުތަކުގައި ޖެހުނީ އޮޅުމަކުން: ފިނޭންސް
ފިނޭންސް މިނިސްޓްރީން އާންމުކުރި ދައުލަތުގެ ޚަރަދުތަކާއި އާމްދަނީގެ ތަފާސްހިސާބުތަކުގައި ކުންފުނިތަކުގެ ޑިވިޑެންޓް ދައްކާފައިވާކަމަށް ޖެހުނީ އޮޅުމަކުންކަމަށް ފިނޭންސް މިނިސްްޓްރީން ބުނެފިއެވެ.
އެގޮތުން އެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި މި އަހަރުގެ މިހާތަނަށް ކުންފުނިތަކުން ޑިވިޑެންޑުގެ ގޮތުގައި 136 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.
ނަމަވެސް ފިނޭންސް މިނިސްޓްރީން ފަހުން ވަނީ އެ ރިޕޯޓު އިސްލާހުކޮށްފައެވެ. ސަބަބަކީ ސަރުކާރުގެ ކުންފުނިތަކުން ޑިވިޑެންޓް އާންމުކޮށް ބަހާ ތާރީޚަކީ ޖުލައި މަސް ކަމުގައި ވާތީއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ތަކުން ޑިވިޑެންޑުގެ ގޮތުގައި 874 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާ ކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް