ފޮނަދޫ ހައުސިން ޔުނިޓްތަކަށް ޔުޓިލިޓީ ޚިދުމަތް ފޯރުކޮށްދިނުން ފެނަކައަށް
ލ.ފޮނަދޫގައި އަޅާފައިވާ 50 ހައުސިންގ ޔުނިޓަށް ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފި އެވެ.
މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައި ވަނީ ވެ.
ހައުސިންގް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ ޝާމިން އާއި ހަވާލާދީ އެހެން މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ވިދާޅުވި ފެނަކަ އާއި އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ފޮނަދޫގައި އަޅާފައިވާ 50 ހައުސިންގ ޔުނިޓުގެ ފެނާއި ކަރަންޓުގެ އިތުރުން ނަރުދަމާގެ މަސައްކަތް 90 ދުވަހުގެ ތެރޭ ނިންމަން ޖެހޭނެއެެވެ.
ކުރީ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅާފައިވާ ފްލެޓްތައް ދޫނުކުރެވި ލަސްވަނީ އެ ފްލެޓްތަކަށް ބޭނުންވާ ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވިފައި ނުވާތީއެވެ. އެހެންވެ އެކަން ހައްލު ކުރުމަށް މީގެ ކުރިން ވެސް ބައެއް ހައުސިން ޔުނިޓްތަކަށް ޔުޓިލިޓީ ޚިދުމަތް ފޯރުކޮށްދިނުމަށް ފެނަކަ އާއި ވަނީ ހަވާލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް