އުނގޫފާރު ދާއިރާގެ މެންބަރ ވައްޑޭގެ ވޯޓު ރައީސް ސޯލިހު އާއި ދެކޮޅަށް!
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ހިތަދޫ އުުތުރު ދާއިރާާގެ މެންބަރ މުހައްމަދު އަސްލަމަށް ތާއިދުކުރައްވާކަމަށް އުނގޫފާރު ދާއިރާގެ އިންތިޚާބީ މެންބަރ މުހައްމަދު ވަހީދު، ވަައްޑޭ ވިދާޅުވެއްޖެއެވެ.
ވައްޑޭ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
އެބޭފުޅާ ވިދާޅުވީ އުނގޫފާރު ދާއިރާގެ މެންބަރުން ބޭނުންވާ ގޮތަށް އެބޭފުޅާގެ ވޯޓު މަޖިލިސްގެ ރައީސްކަމަށް އަސްލަމާއި ނައިބު ރައީސްކަމަށް އީވާ އަބްދުﷲ އަށް ދެއްވާނެކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މަޖިލީހުގެ ރައީސްކަމުގެ މައްސަަލައިގައި އެމްޑީޕީގެ ސަފުތަކުގައި ވަނީ ބައިބައިވުންތަކެއް އުފެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް