ނަސްރުގެ ދުވަހާއި ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވަނީ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ނަސްރުގެ ދުވަހާ ގުޅިގެން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި ކޭމްޕަކީ މައިންޑް އެސޯސިއޭޝަނާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ބްލަޑް ބޭންކް ގުޅިގެން ކުރިއަށް ގެންދާ ޙަރަކާތެކެވެ.
މައިންޑް އެސޯސިއޭޝަނުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ކޭމްޕަކީ ނަސްރުގެ ދުވަހާއި އެ ދުވަހުގެ ބަޠަލުންގެ ޒިކުރާ އާލާކުރުމުގެ ބާއްވާ ކޭމްޕެކެވެ.
މި ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 3 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް މަޖީދިއްޔާ ސްކޫލުގައެވެ.

މައިންޑް އެސޯސިއޭޝަނުން ވަނީ އާންމު ރައްޔިތުންނަށް މި ކޭމްޕުގައި ބައިވެރިވެ ލޭ ހަދިޔާކުރުމަށް ގޮވާލާފައެވެ.
މައިންޑް އެސޯސިއޭޝަނަކީ ސަލާމަތީ ޚިދުމަތުގެ ވެޓެރަންސް ޖަމްޢިއްޔާއެކެވެ.
މި ކޭމްޕާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް 7771933 ނަންބަރަށް ގުޅުމަށް އެ ޖަމްޢިއްޔާއިން އެދިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް