އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް އެހީވުމަށް ހުޅުމާލޭގައި ފޯކަލް ޕޮއިންޓެއް!
މިރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް ހުޅުމާލޭގައި ފޯކަލް ޕޮއިންޓެއް ގާއިމްކޮށްފިއެވެ.
މި ފޯކަލް ޕޮއިންޓް ގާއިމްކޮށްފައިވަނީ ހުޅުމާލޭގެ މެންބަރު އަލީ ނިޔާޒުގެ އޮފީހުގައެވެ.
ވޮއިސްއަށް މައުލޫމާތު ދެއްވަމުން އެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މިރޭގެ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތައް ގެތަށް ދޫކޮށް ނިކުތީ ހުސްއަތާކަމަށާއި ނެޕީ ރަޖާ ހެދުން ފަދަ ތަކެތި އެ އާއިލާތަކަށް ނުހަނުބޭނުންވާނެ ކަމަށެވެ.
އެހެންކަމުން އެތަކެތި އެ ފަރާތްތަކަށް ފޯރުކޮށް ދިނުމަށް ހުޅުމާލޭގައި ހުޅުމާލޭގެ މަޖްލިސް މެމްބަރ އަލީ ނިޔާޒްގެ އޮފީހުގައި ފޯކަލް ޕޮއިންޓެެއް ހަދާފައިވާނެކަމަށް އޮފިޝަލް ފާހަގަކުރެއްވިއެވެ.
މިގޮތުން އެއްވެސް ބޭފުޅަކު ހާލުގައި ޖެހުނު ބޭފުޅުންނަށް އެހީވާން ބޭނުން ފުޅުވާނަމަ އެމްޕީ އޮފީސް ފޯނުނަމްބަރު 3352019 އާއި ގުޅައިގެން ކުރިއަށް ގެންދެވުން ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް