ރާއްޖޭގެ ކޮންމެ ރަށެއްގައި ޤައުމީ ކުތުބުޚާނާގެ ގޮތްޕެއް ޤާއިމް ކުރާނަން: ރައީސް މުޢިއްޒު
ލިޔުންތެރިޔާ
ސްޓާފް ރައިޓަރ
ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ޤައުމީ ކުތުބުޚާނާގެ ގޮތްޕެއް ޤާއިމް ކުރާނެ ވާހަކަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިމޭރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރު ފެށުމަށް މިއަދު ބޭއްވި ޖަލްސާގައި އެމަނިކުފާނު އިއްވެވި ރިޔާސީ ބަޔާނުގައެވެ.
" ތަޢުލީމީ ދާއިރާއަށް އީޖާބީ ބޮޑު ބަދަލެއް މި ދައުރުގައި އިރާދަކުރެއްވިއްޔާ އަންނާނެ. އޭގެ ސަބަބުން ދިވެހިވަންތަކަމަށް ލޯބިކުރާ، އުޅުންހުރި، ޚުލްޤު ރަނގަޅު ޖީލުތައް ތަރުބިއްޔަތު ވެގެން ނުކުންނާނެ. ޢިލްމާއި ފޮތްކިޔުމަށް އަޅުގަނޑުމެންގެ ތެރޭގައި އޮތް ލޯބި އިތުރުކޮށް، ރާއްޖޭގެ ކޮންމެ ރަށެއްގައި ޤައުމީ ކުތުބުޚާނާގެ ގޮތްޕެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޤާއިމުކުރާނަން." ކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން ދިވެހިވަންތަކަމަށް ލޯބިކުރާ، އުޅުންހުރި، ޚުލްޤު ރަނގަޅު ޖީލުތައް ތަރުބިއްޔަތު ވެގެން ނުކުންނާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ޢިލްމާއި ފޮތްކިޔުމަށް އަޅުގަނޑުމެންގެ ތެރޭގައި އޮތް ލޯބި އިތުރުކުރުމަކީވެސް ވަރަށް ބޮޑަށް އަހަންމިއްޔަތުކަމެއް ދޭންޖެހޭ ކަމެއްކަމުގައިވެސް ފާހަގަ ކުރެއްވިއެވެ.
އަދި ހަމަ އެއާއެކު، ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ދިވެހިބަހާ އިސްލާމް ކިޔަވައިދިނުން މިއަހަރު އިރާދަކުރެއްވިއްޔާ ފުޅާކުރާނަންކަމުގައިވެސް އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ހިމަނުއްވާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް