އިންޑިޔާގައި ދިން ޓެރަރިސްޓް ހަމަލާ ރާއްޖެއިން ކުށްވެެރިކޮށްފި
މިއަދުގެ ވަގުތެއްގައި އިންޑިޔާގެ ޖައްމޫ ކަޝްމީރު ސަރަހައްދުގައި ދިން ނިރުބަވެރި ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ދިވެހި ޚާރިޖިއްޔާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖައްމޫ ކަޝްމީރުގެ ޕުލްވާމާ ސަރަހައްދަށް ދިން ބޮމުގެ ހަމަލާގެ ވާހަކަ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެއްސެވީ ފުން ހިތާމައަކާއި އެކުގައި ކަމަށެވެ. އަދި މި ހަމަލާ ދިވެހި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައިވެސް ކުށްވެރިކުރައްވާ ކަމަށެވެ.
އިންޑިޔާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖަށް އެޑްރެސްކުރައްވާ ފޮނުއްވި މެސެޖެއްގައި މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ އިންޑިޔާއަށް ކުރިމަތިވެފައިމިވާ ހިތާމައިގެ ދަނޑިވަޅުގައި ހަމްދަރުދީ ފޮނުވާކަމަށް ވިދާޅުވިއެވެ.
އަދި އިންޑިޔާއާއި ގުޅިގެން ނިރުބަވެރިކަމާއި ދެކޮޅަށް މަސައްކަތްކޮށް، އޭގެ ވަބާ ދުނިޔެއިން ފޮހެލުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ޝާހިދު ދެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް