ހުޅުމާލޭ ފޭސް 1 ގެ ފުލެޓްތަކުގެ ކުލިން ޑިސްކައުންޓް ދޭން ނިންމައިފި!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހުޅުމާލޭ ފުރަތަމަ ފިޔަވާހީގެ ސޯޝަލް ހައުސިންގ ޔުނިޓް ތަކުގެ ކުލީގެ އަދަދުން ކޮންމެ މަހަކުވެސް %20 ޑިސްކައުންޓެއް ދިނުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ނިންމައިފިއެވެ.
އެޗްޑީސީން ބުނީ މި ޑިސްކައުންޓް ދެވިގެންދާނީ 01 ފެބްރުއަރީ 2024 އިން ފެށިގެން، އިންސްޓޯލްމަންޓްގެ ގޮތުގައި (މެއިންޓަނަންސް ނުވަތަ މެނޭޖްމެންޓް ފީ ނުހިމަނައި) ދައްކަންޖެހޭ ކަމަށް ކަނޑައެޅިފައިވާ އަދަދުން، %20 އުނިވާގޮތަށް ކަމަށެވެ.
އެޗްޑީސީން އިތުރަށް ބުނީ، އެ ކޯޕަރޭޝަންއަކީ އަބަދުވެސް ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތް ކޮށް، ރައްޔިތުންނަށް ވީހާވެސް ލުއިގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރާ ކުންފުންޓެއްކަމަށެވެ.
އަދި އިންސްޓޯލްމަންޓް ފީ އިން ދެވޭ ޑިސްކައުންޓާއި ގުޅޭގޮތުން ގުޅޭގޮތުން އިތުރު މައުލޫމާތެއް ބޭނުންވާ ނަމަ އެ ކޯޕަރޭޝަންގެ ހޮޓްލައިން 1516 އަށް ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލް ކޮށްގެން ލިބޭނެ ކަމަށެވެ.
ފޭސް އެކެއްގެ ފުލެޓް ތަކުގެ ކުލި ކުޑަކުރުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އަދި އެއީ މި ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައިވެސް ހިމެނިފައިވާ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް