މާފުށީ ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހުކޮށްފި
ކ.މާފުށީ ބިން ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މި މަޝްރޫއު އިފްތިތާހުކޮށްފައިވަނީ މިއަދު ހަވީރު އެރަށުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޝަަރަފްވެރި މެހެމާނެއްގެ ހައިސިއްޔަތުން ބައިވެރިވެ ވަަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރ މުހައްމަދު ޝިހާބެވެ.
ޕްލޭނިންގ މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި އެމްޓީސީސީއާއި ހަވާާލުކޮށްގެން 99,981,373.00 ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކާ، 1110 މީޓަރުގެ ރިވެޓްމަންޓެއް މާފުށީގައި ޤާއިމްކުރެވޭނެއެވެ. މި މަޝްރޫއުގެ ދަށުން ބިން ހިއްކުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފްގެ މަހާ ޖައްރާފުންނެވެ.
225 ދުވަހުން ފުރިހަމަކުރުމަށް ތާވަލުކުރެވިފައިވާ މާފުށީ ބިން ހިއްކުމުގެ މަޝްރޫޢުގެ ސަބަބުން ރަށަށް ދިމާވެފައިވާ ގޯތިގެދޮރުގެ ދަތިކަމާއި، ތޮއްޖެހުމާއި، ގޮނޑުދޮށް ސަރަޙައްދުގެ ކުޑަކަމަށް ލުޔެއް ލިބިގެންދާނެކަމަށް ސަރުކާރުން އުންމީދުކުރެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަަވަމުން ޕްލޭނިންގ މިނިސްޓަަރ މުހައްމަދު އަސްލަމް ވިދާޅުވީ މާފުއްޓަކީ ދައުލަތަށް ބޮޑު އާމްދަނީއެއް ވައްދާ ރަށެއްކަމުން، ހިއްކިގެން މިދާ ބިމުގެ ސަބަބުން ތަރައްޤީއަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެކަަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް