ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ-- ފޮޓޯ/ ވޮއިސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ-- ފޮޓޯ/ ވޮއިސް
ހަބަރު 27 Mar 2024 | 05:02

އެމްޑީޕީ ވެރިކަމުގައި، އެމްޑީއެން ރިޕޯޓް ހެދި މީހުން ތިބީ ބޮޑު މުސާރަ ލިބޭ ވަޒީފާގައި: ރައީސް މުޢިއްޒު

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި، ދީނަށް ފުރައްސާރަކޮށް އެމްޑީއެން ޖަމިއްޔާއިން ނެރުނު ''ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސްގެ'' ރިޕޯޓް ހެދި މީހުން ތިބީ ބޮޑު މުސާރަ ލިބޭ ވަޒީފާގައި ކަމަށާ އެމްޑީޕީ އަކީ އެމްޑީއެން ފިކުރުގެ ޕާޓިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ނ. ހޮޅުދޫ ދާއިރާއަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުގެ ކެމްޕޭނު ޖަގަހަ ހުޅުވުމަށް މާލޭގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބަރަކާތްތެރި ރަމަޟާން މަހަކީ ވަކިން ޚާއްސަކޮށް ދީނީ ކަންކަމަށް ސަމާލުކަންދީ އެކަންކަން ހަނދާން ކުރަންޖެހޭ މަހެއް ކަމަށެވެ.

އެގޮތުން ހަނދާން ކުރާއިރު ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ދީނީ ކަންކަމަށް ވެގެން ދިޔަ ގޮތަށް ވިސްނާލަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަޅުގަނޑުމެން ހަނދާނުން ކައްސާލައިގެން ނުވާނެ އެމްޑީއެން ރިޕޯޓްގެ ކަންތައް. ކީރިތި ރަސޫލާއަށް އަދި މާތް الله ސުބުޙާނަހޫ ވަތަޢާލާއަށްވެސް ފުރައްސާރަކޮށް ތައްޔާރުކުރި ރިޕޯޓެއް، އެ ހެދި ފަރާތްތައް، އެ ފަސް އަހަރު ނިމިގެން ދިޔައީ އަޅުގަނޑުމެންގެ ފައިސާއިން މުސާރަ ދީގެން. ޖަމިއްޔާ އުވާލަން ރައްޔިތުން ޕްރެޝަރ ކުރީމަ، ނަމެއްގައި ޖަމިއްޔާ އުވާލީ، އިފެކްޓްވިލީ ހިނގަމުން ދިޔައީ މިހިރީ ހަނދާނުން ކައްސަލައިގެން ދިޔަޔަސް ހަގީގަތް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ އެމްޑީޕީ ވެރިކަމުގައި ހިނގައިދޔަ އެކަންކަން ހަނދާނުން ކައްސާލައިގެން ދިޔަ ނަމަވެސް އެއީ ހަގީގަތެއް ކަމަށެވެ. އަދި އެމްޑިޕީ އަކީ އެމްޑީއެން ފިކުރުގެ ބައެއް ކަމަށާ، ކުރިއަށް އޮތް ފަސް އަހަރަށް މަޖިލިސް މެޖޯރިޓީ ބޭނުންވަނީވެސް އެ ފިކުރު ކުރިއަރުވަން ކަމަށް އެމަނިކުފާނު ވަނީ ތުހުމަތު ކުރައްވާފައެވެ.

އެ ފިކުރުގައި (އެމްޑީއެން ފިކުރުގައި) ތިބި ބަޔަކަށް، އެހެންވެ ކަންނޭގެ އެހާވަރަކުން އެ ބޭނުންވާނީ އަނެއްކާވެސް މަޖިލީހުގެ ބާރު އަނެއްކާވެސް ފަސް އަހަރަށް އިތުރުކުރަން. އެ ފިކުރުގައި ތިބި ބަޔަކަށް އަޅުގަނޑުމެން ޖާގަ ދޭން ޖެހޭ ވިސްނުމެއް ނިކަން ދައްކަވަން އެބަޖެހޭ. ދީން ދެކެ ލޯބިވާ އަޅުގަނޑުމެންގެ ލޮބުވެތި ދިވެހި ރައްޔިތުން ޖަވާބުދޭން ޖެހޭ ސުވާލެއް މިއީ. އެމްޑިޕީ ވިޔަސް އެހެން ޕާޓީއެއްގެ ވިޔަސް ވިސްނާލަންޖެހޭ. އެމްޑީއެންގެ ރިޕޯޓްހެދި މީހުންނަށް އަޅުގަނޑުމެންގެ ފައިސާއިން ފަސް އަހަރުވަނދެން ފައިސާދީ މުސާރަދީ، ބޮޑެތި މަގާމްތަކުގައި ބޭތިއްބި ބަޔަކު އަނެއްކާވެސް އެ މަޖިލީހުގެ ގޮނޑިތަކަށް ފަސް އަހަރަށް ދޭންވީ ސަބަބެއް އޮންނަންވާނެ. އަޅުގަނޑަކަށް ނުފެނޭ އެއްވެސް ސަބަބެއް.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު

ރައީސް އިތުރަށް ވިދާޅުވީ ދިވެހިންނަކީ އިސްލާމްދީން ދެކެ ލޯބިވާ، އިސްލާމްދީނަށް ނަސްރުދޭ ބައެއް ކަމަށެވެ. އަދި އިސްލާމްދީނުގެ ރުކުނެއް ކަމުގައިވާ ފަރުޟު ފަސް ނަމާދު އަދާކުރުމަށް އެމަނިކުފާނު ބާރު އަޅުއްވާތީ އިދިކޮޅު ފަރާތްތަކުން ފުރައްސާރަ ކުރާ ކަމަށާ އެހެން ނަމަވެސް އެވާހަކަ ދައްކަވަން އެމަނިކުފާނު ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެހެންވީމާ މިސްރާބު ކައްސާލަިއގެން ގޮސް، އިގްތިސޯދު އަނދަވަޅަކަށް ވެއްޓި، ދީން ހަލާކުވެގެން ގޮސް، އަޅުގަނޑުމެންގެ މިނިވަންކަން އޮޔާ ގޮއްސަ އޮއްވާ ދިވެހިންގެ ރާއްޖެއަށް އަޅުގަނޑުމެން ފަށާފައި މިއޮތް މަސައްކަތް ފުރިހަމަވާން އޮތީ، އެ މަސައްކަތް މަޖިލީހަށްވެސް ގެންގޮސްދީގެން.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވެފައި ވާއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި، އިސްލާމްދީނަށާއި، ރަސޫލާ (ޞޢވ) އަށް ފުރައްސާރަކޮށް އެމްޑީއެން އިން ރިޕޯޓް ނެރުމާއި ގުޅިގެން އެ ޖަމިއްޔާ އުވާލި ނަމަވެސް އޭގެ ފަހުންވެސް އެ ޖަމިއްޔާގެ ނަމުގައި ބަޔާންތައް ނެރެފައި ވެއެވެ. ދީނަށް ފުރައްސާކޮށް ރިޕޯޓް ލިޔުނު ފަރާތްތަކަށް ރައީސް އޮފީހުންނާއި ސަރުކާރުގެ މަތީ މަގާމްތައް ދީފައިވާ ކަން ފާހަގަ ކޮށްލަންޖެހެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...