މިރޭ ބާއްވަން ނިންމި ޕީއެންސީ ޖަލްސާ ފަސްކޮށްފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މިރޭ ބާއްވަން ހަމަޖެއްސި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ޖަލްސާ ފަސްކޮށްފިއެވެ.
މިކަމާއި ގުޅިގެން ޕީއެންސީން މިރޭ 20:30 ގައި ބާއްވަން ތާވަލްކުރި ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާ އެހެން ރެއަކަށް ފަސްކޮށްފައިވާކަމަށެވެ. ޖަލްސާ ފަސްކުރި ސަބަބެއް ޕީއެންސީން ބުނެފައެއް ނުވެއެވެ.
ޕީއެންސީން އަންނަނީ ހަރުގެ ހުޅުވައި ކޮންމެ ހަފްތާއަކުހެން ޖަލްސާތައް ބާއްވަމުންނެވެ. ޖަލްސާތަކުގައި ސަރުކާރުގެ ސިޔާސަތްތަކާއި އެ ދުވަސްވަރަކަށް ރައްޔިތުންނާ ގުޅުންހުރި މައުލޫތަކާ ގުޅޭގޮތުން ޖަލްސާގައި ކަމާބެހޭ ބޭފުޅުން ވާހަކަދައްކައެވެ.
ޕީއެންސީ ޖަލްސާ އެހެން ރެއަކަށް ފަސްކުރިއިރު، އެޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ އެންމެ މުހިއްމު އެއް ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ، ވަނީ ޖެނީވާއަށް ފުރައިވަޑައިގަންނަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް