ރަސްފަންނުގެ ފެން ބޭނުންނުކުރުމަށް އެޗްޕީއޭއިން އަންގައިފި
ވަކި ގޮތަކަށް އަންގަންދެން ރަސްފަންނު ފެން ބޭނުން ނުކުުރުމަށް ހެލްތް ޕްރޮޓަކްޝަން އެޖެންސީން ( އެޗްޕީއޭ) އިން އަންގައިފިއެވެ.
އެޗްޕީއޭއިން މިއަދު އަންގާފައިވަނީ ރަސްފަންނުގައި ނަޖިހުގެ އަސަރު ހުރި ކަމުގެ ރިޕޯޓްތައް ލިބެމުން ދާ ކަމަށާއި، ވަކި ގޮތަކަށް އަންގަންދަން ރަސްފަންނުގެ ފެން ބޭނުންނުން ނުކުރުމަށެވެ.
ރަސްފަންނުގެ ފެން ބޭނުންނުކުރުމަށް އެޗްޕީއޭއިން އަންގާފައިވާއިރު، ރަސްފަންނުގެ މޫދު ސާފުނުވުމާއި އަދި ނަޖިހުގެ އަސަރު ހުންނަ ކަމުގެ ޝަކުވާ ދޭތެރެ ދޭތެރެއިން އާންމުން އަންނަނީ ކުރަމުންނެވެ. އަދި އެކަންތައްތައް ހައްލު ކުރުމަށް ކަމާއި ބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަންވެސް ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް