ދެ ސައިކަލްޖެހި ނުރައްކާތެރި އެކްސިޑެންޓެއް؛ އެކަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ދަރުބާރުގޭ ޓްރެފިކް ލައިޓް ކައިރިން ދެ ސައިކަލް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ދަރުބާރުގޭ ޓްރެފިކް ލައިޓް ކައިރިން ދެ ސައިކަލް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު 6:54. ކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި މި އެކްސިޑެންޓްގައި އެތަނުން އެއް ސައިކަލް ދުއްވި ޒުވާނަކަށް އަނިޔާވެގެން އޭޑީކޭގައި ފަރުވާ ދެމުންދާ ކަމަށާ އެއީ 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް