ލަންކާގައި ސޯޝަލް މީޑިޔާ ބްލޮކްކޮށް، ކާފިޔުއެއް އިއުލާންކުރަނީ
ސްރީލަންކާގައި ހިނގަމުންދާ ބޮމުގެ ހަމަލާތަކާއި ގުޅިގެން އެގައުމުގައި ސޯޝަލް މީޑިޔާ ބޭނުންކުރެވޭ ސްޕީޑް ދަށްކޮށް، ކާފިޔު އިއުލާންކުރުމަށް ނިންމައިފިއެވެ.
ޚަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓްކުރާ ގޮތުގައި މިގޮތަށް އަމަލުކުރުމަށް އެގައުމުގެ ޑިފެންސް މިނިސްޓްރީން ނިންމީ އަމަންއަމާންކަން ގާއިމްކުރުމުގެ މަގުސަދުގައެވެ.
އެ ގައުމުުގައި ކާފިއު އިއުލާންކޮށްފައިވަނީ މިއަދު ހަވީރު ހަޔަކުން ފެށިގެން މާދަމާ ހެނދުނު ހަޔެއް ޖަހަންދެންނެވެ.
އެގޮތުން ވައިބަރ، ވަޓްސްއެޕް، މެސެންޖަރ އަދި ފޭސްބުކްގެ ޚިދުމަތްވަނީ ވަރަށް ބޮޑަށް ލަސްވެފައެެވެ.
މީގެ ކުރިންވެސް ލަންކާގައި ވަނީ ހަމަނުޖެހުންތަކާއި ގުޅިގެން ސޯޝަލް މީޑިޔާގެ ސްޕީޑް ދަށްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް