ރޭ އެކަނި 24ފަރާތެއްގެ ލައިސަންސް ހިފަހައްޓައިފި
ރޭ މާލެތެރޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 24 ފަރާތެއްގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިފެހެއްޓުނުކަމަށް އެކްޓިންގް ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ހަމީދު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
އެކްޓިންގް ސީޕީ ވިދާޅުވީ ރޭ 9އަކާއި ދަންވަރު އެކެއް ޖެހުމާއި ދެމެދު 154 ވެހިކަލް މާލޭގެ މަގުމަތިން ހުއްޓުވާފައިވާނެކަމަށެވެ. މިގޮތަށް ހުއްޓުވުނު ވެހިކަލްތަކުގެ ތެރެއިން 134ވެހިކަލްއެއް، ޓްރެފިކް ގަވާއިދާއި ޚިލާފުވެފައިވާކަމަށް ހަމީދު ފާހަގަކުރެއްވިއެވެ.
އެކަމުގެ ނަތީޖާއެއްގެ ގޮތުން ރޭ ޖުމްލަ 24 ފަރާތެއްގެ ލައިސަންސް ހިފެހެއްޓި، 18 ސައިކަލް ޓޯކުރެވުނުކަމަށް ހަމީދު ވިދާޅުވިއެވެ.
އެބޭފުޅާ އިތުރަށް ވިދާޅުވީ ރޭ ހުއްޓުވުނު ވެހިކަލްތަކުގެ ތެރެއިން 41ފަރާތެއް ދުއްވާފައިވަނީ ލައިސަންސް ނެތިކަމަށް އެކްޓިންގް ސީޕީ ހަމީދު ވަނީ ހާމަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް