މަސްތުގެ ހާލަތުގައި ހުރެ މަގުމަތީގައި ހަމަނުޖެހުން ހިންގި މީހަކު ހައްޔަރު ކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މަސްތުގެ ހާލަތުގައި ހުރެ މާލޭގެ މަގުމަތީގައި ހަމަނުޖެހުން ހިންގި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މާލޭގެ މުރަނގަމަގުގައި ހުންނަ ޝޮޕީޒް ފިހާރަ ކައިރީގައި މަސްތުގެ ހާލަތުގައި ހުރި މީހަކު ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ.
އަދި އެ މައްސަލަ، ރޭ ދަންވަރު 00:05 ހާއިރު، ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ޅ. ކުރެންދޫ / ދިލާސާގޭ، އިބްރާހިމް ޒާހީ ސުލައިމާން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި އިތުރު ތަފްސީލެއް މިވަގުތު ހާމަކޮށްފައި ނުވިނަމަވެސް، ފުލުހުން ދަނީ މި މައްސަލައިގެ ތަޙުޤީޤު ކުރިއަށް ގެންދަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް