ސުނީ އަދި އޭނާގެ ބައިވެރިޔާ
ސުނީ އަދި އޭނާގެ ބައިވެރިޔާ
ލައިފްސްޓައިލް 30 May 2025 | 16:09

ސުނީތާ ކައިވެނި ކުރަނީ، ބައިވެރިއަކީ މިސްރުގެ ޒުވާނެއް

ލިޔުންތެރިޔާ

އަހުމަދު ހަމީދު އާދަމް

މުނިފޫހިފިލުވުމުގެ ދާއިރާ އިން ފާހަގަކޮށްލެވުނު މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ (ސުނީ) ކައިވެނި ކުރަން ތައްޔާރު ވެއްޖެ އެވެ.

ސުނީ ވަނީ އޭނާގެ އުފަން ދުވަހާއި ދިމާކޮށް އޭނާގެ ހަޔާތުގެ ބައިވެރިވާ ފެންނަ ވީޑިއޯއެއް ހިއްސާކޮށްފަ އެވެ. އެއީ މިސްރަށް ނިސްބަތްވާ ޒުވާނެކެވެ.

އެ ވީޑިއޯގައި ސުނީތާގެ އުފަން ދުވަހުގެ ހަފްލާގައި ދެ މީހުން ނަގާފައިވާ ފޮޓޯތަކެއް ވަނީ ހިމަނާފަ އެވެ. އެ ވީޑިއޯއާ ގުޅޭގޮތުން ސުވާލު ކުރުމުން ސުނީ މިރޭ ވޮއިސްއަށް ބުނީ ކައިވެނި ކުރަން ތައްޔާރު ވަމުންދާ ކަމަށެވެ. އަދި ފޭނުންގެ ހެޔޮ ދުއާއަށް އެދޭ ކަމަށް ވަނީ ބުނެފަ އެވެ.

ނެށުމާއި މުނިފޫހިފިލުވުމުގެ ދާއިރާގައި މެދުނުކެނޑި އެންމެ ދިގު މުއްދަތެއް ވަންދެން ދެމި ހުރި އެއް ފަންނާނަކީ ސުނީތާ އެވެ. އޭނާގެ ކާމިޔާބުގެ އެންމެ ބޮޑު ސިއްރަކީ އަހްލާގެވެ. މިދިޔަ ދިގު މުއްދަތުގެ ތެރޭގައި ސުނީތާއާ ގުޅޭގޮތުން ގޯސް އެއްވެސް އަަޑެއް އަރާފައެެއް ނުވެ އެވެ.

ބައެއް ފަންނާނުން އޭނާއަށް ނިސްބަތްކޮށް އެކި ގޮތްގޮތުން ފުރައްސާރައާ މަލާމަތް ރައްދު ކުރި ނަމަވެސް އެއިން ކަމަކަށް ވެސް ރައްދެއް ނުދެ އެވެ. އެއީ ވެސް ގިނަ ބަޔަކު ސުނީގެ ފަރާތުން ވަރަށް ބޮޑަށް ފާހަގަ ކުރާ ކަމެކެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރި, ޕްރިޔަންކާ ޗޯޕްރާގެ އެންމެ ބޮޑު ސަޕޯޓަރުންގެ ތެރޭގައި ވެސް ހިމެނޭ ސުނީ ވަނީ ޕްރިޔަންކާގެ ސަމާލު ކަން ހޯދާ އޭނާއަށް މަލާމަތްކުރި އެތައް ބަޔަކަށް ސިހުން ގެނެސްފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް