ރޯދަަ ނުހިފައި ކައިގެން ބާރަ މީހަކު ހައްޔަރުކޮށްފި
ރޯދަ މަހު ދުވާލުގެ ވަގުުތުތަކުގައި މަގުބޫލު އުޒުރެއް ނެތި ރޯދަ ނުހިފައި ކެެއި ބާރަ މީހަކު ހައްޔަރުކޮށްފިއެވެ.
މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، މި ރަމަޟާން މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ދުވާލު ގަޑީގައި ކައިގެން 19 މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށާއި، އެ އެ މައްސަލަތަކުގައި ބާރަ މީހުން ހައްޔަރުކުރެވިފައިވާނެ ކަމަށެވެ.
ފުލުހުން ވިދާޅުވީ، ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ، އަތޮޅުތެރޭން ހައްޔަރުކުރި 3 މީހަކާއި މާލޭ ސިޓީން ހައްޔަރުކުރެވުނު 9 މީހުން ކަމަށެވެ.
ފުލުހުންނަށް ރިޕޯޓްކުރި 19 މައްސަލައިގެ ތެރެއިން 8 މައްސަލައަކީ އަތޮޅުތެރެއިން ރިޕޯޓްކޮށްފައިވާ މައްސަލަތައް ކަމަށާއި، މާލޭ ސިޓީން ރިޕޯޓް ކޮށްފައިވަނީ 11 މައްސަލަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް