ކާށިދޫ އާއި ގާފަރު ކޭބަލް ކާރަކުން ގުޅާލުމުގެ ދިރާާސާކުރަން ފަށައިފި
ކ.ކާާށިދޫއާއި އެއަތޮޅުގެ ގާފަރު ކޭބަލް ކާާރަކުން ގުޅާލުމުގެ މަޝްރޫއުއާއި ގުޅޭ ދިރާސާތައް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާާގެ މެންބަރު އަބްދުﷲ ޖާބިރު އެޕާޓީއެއްެ ލީޑަރުކަން ކުރައްވާ ޑީއާރްޕީން ބުނީ ގާާފަރާއި ކާާށިދޫ ކޭބަލް ކާރަކުން ގުޅާލުމުގެ މަސައްކަތުގެ ދިރާސާ ކުރުމަށް އިޓަލީގެ އެންމެ ބޮޑު އެއް އިންޖީނިއަރިންގ ކުންފުނި ކަމުގައިވާ ސިންޓެކްނިކާ އިންޖީނިއަރިންގ ގެ ރައީސް މިސްޓަރ ލޫކާ އާއި އެސޯސިއޭޓް މިސްޓަރ މާކަސް، ގާފަރާއި ކާށިދޫއަށް ވަޑައިގަންނަވާފައިވާ ކަމަށެވެ.
ޖާބިރު ދާދިފަހުން އިޓަލީއަށް ކުރެއްވި ދަތުރުފުޅުގައިވެސް ވަނީ މި މަޝްރޫއު ކުރިއަށް ގެންދިޔުމާއި ބެހޭގޮތުން އެކުންފުންޏާއި މަޝްވަރާާ ކުރައްވާފައެވެ.
ކާށިދޫއާއި ގާފަރާއި ދެމެދު ކޭބަލް ކާރަކުން ގުޅާލުމަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ތެރެއިން ޖާބިރު ވެވަޑައިގެންނެވި މުހިންމު ވައުދެކެވެ.
މިކަމަށް ގިނަބަޔަކު ހަޖޫ ޖަހާފައިވީނަމަވެސް ޖާބިރު ވަނީ މިއީ ދުނިޔޭޭގެ އެހެން ގައުމުތަކުގައިވެސް ކޮށްފައިވާ މަސައްކަތެއް ކަމަށާއި، ދިވެހިރާއްޖޭގައިވެސް މިކަން ކުރެވޭނެކަމަށް ވިދާޅުވެ ރައްދު ދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް