ނޭޕާލް މީހާއަށް ހަމަލާދިން ޖަހަންގިރު ޝަރީއަތް ނިމެންދެން ބަންދަށް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ހުޅުމާލޭ ފޭސް އެކެއްގައި ޒުވާން އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި އެވެ.
މި މީހާ ހަމަލާދީފައިވަނީ ހުޅުމާލޭ ފޭސް އެކެއްގެ ފިހާރައެއްގައި މަސައްކަތްކުރާ ނޭޕާލަށް ނިސްބަތްވާ އަންހެނަކަށެވެ. އުމުރުން 21 އަހަރުގެ އެ މީހާއަށް ހަމަލާދިނީ ފިހާރައަށް ފޭރެން ވަތް މީހެއް ކަމަށް ވެ އެވެ. އެ މީހާ ހަމަލާދީފައިވަނީ އޭނާގެ ކަރަށެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތަށް ބަންގްލަދޭޝްއަށް ނިސްބަތްވާ ޖަހަންގިރު މިއާ (25އ) ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރު ކުރީ ސީސީޓީވީ ވީޑިއޯއާ އެ ނޫން މައުލޫމާތުތަކުގެ އަލީގަ އެވެ.
އެ މީހާ ހައްޔަރު ކޮށްފައިވަނީ ފޭސް ދެއަކުންނެވެ. އެ މީހާގެ ބަންދާއިމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރިއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފި އެވެ.
އަނިޔާވި އަންހެން މީހާއަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް