ޝަމްއާންގެ ކުރީން ހައްޔަރުކުރި ތިން އޮފިސަރުން ވެސް ބަންދު ކޮށްފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ބިދޭސީން އަތުން ނާޖައިޒު މަންފާ ހޯދުމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.
އިމިގްރޭޝަންގެ ބައެއްގެ މުވައްޒިފުން ބިދޭސީން އަތުން ނާޖައިޒު މަންފާ ހޯދަމުންދާ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާ އެކަމާ ގުޅޭ އޮޕަރޭޝަނެއް ހިންގި ކަމަށް ފުލުހުން ބުނީ އިހަކަށް ރެ އެވެ.
އެ އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރު ކުރި ކަމަށް ބުންޏެވެ. ފުލުހުން މިރޭ ބުނީ އެ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހާފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެ މީހެއްގެ ބަންދަަށް 10 ދުވަސް ވަނީ ޖަހާފަ އެވެ. އަނެކަކު ތިން ދުވަހަަށް ވަނީ ބަންދު ކޮށްފަ އެވެ.
މި މައްސަލާގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދު ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ. އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް