ބަނގުރޫޓުވާނެކަމަށް ބުނި އެޗްޑީސީއަށް ފިޗް ރޭޓިންގްގެ ރަނގަޅު ރޭޓިންގްއެއް!
މިިދިޔަ ސަރުކާރު ނިމުނުއިރު، މާލީ ހާލަތު ގޯސްވެ ބަނގުރޫޓުވެދާނެކަަމަށް ބުނި އެޗްޑީސީގެ ލޯން ދެއްކުމުގެ ގާބިލްކަމަށް ފިޗް ރޭޓިންގްސް އިން ބީ ޕްލަސް ކްރެޑިޓް ރޭޓިންގްއެއް ދީފިއެވެ.
މިކަމާއި ގުޅިގެން މީޑިޔާތަކާއި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ މިއިން ދައްކައިދެނީ ކުންފުނީގެ ހުރި މާލީ ގާބިލް ކަމާއި އަދި ކުރިމަގު އުޖާލާކަންކަމަށެވެ. އަދި މީގެ ސަބަބުން އިތުރަށް ލޯނު ނަގަން ބޭނުންވި ނަމަވެސް އެކަމަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެކަމަށް އޭނާ ވިދާޅުވި އެވެ.
ފިޗްއިން އެޗްޑީސީއަށް ބީ ޕްލަސް ކްރެޑިޓް ރޭޓިންގް ދިނީ އެ ކުންފުންޏަށް ބޮޑެތި މާލީގޮންޖެހުންތަކެއް ހުއްޓަސް ދަރަންޏާއި އެ ނޫން ވެސް މާލީ ގޮތުން އަދާކުރަންޖެހޭ އެހެން ޒިންމާތައް ފުރިހަމަ ކުރުމުގެ ގާބިލުކަން ލިބިފައިވާ ކަމަށްބުނެއެވެ.
ނަމަވެސް އެ ރޭޓިންގްގެ ތަފްސީލުގައިވާ ގޮތުން އެކަން ކުރެވޭނީ މުޅި ކުންފުންޏަށް ގެއްލުން ނުވާ ގޮތަށް ހަރަދުތަކާއި މާލީ ސިޔާސަތު ބައްޓަންކޮށްގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް