ޓެކްސްއަކީ ނަގަންޖެހޭ އެއްޗެއްކަމަށް އުއްޗު ވިދާޅުވެއްޖެ
.ޓެކްސްއަކީ ސަރުކާރުން ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދިނުމަށްޓަކައި ނަގަން ޖެހޭ އެއްޗެއްކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެއެވެ
އުއްޗު މިހެން ވިދާޅުވީ ރާއްޖެޓީވީން ގެނެސްދޭ ފަށާއިރު ކިޔާ ޕްރޮގްރާމްގެ މިއަދު ހެނދުނުގެ އެޕިސޯޑްގައި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
އެބޭފުޅާ ވިދާޅުވީ ސަރުކާރުތަކުން ޓެކްސް ނަގަނީ ރައްޔިތުން ނަގާށޭ ބުނުމުން ކަމަށެވެ. އަދި ކޮންމެ ސަރުކާރެއް އޮތަސް ރައްޔިތުން އެކަމަށް ޑިމާންޑްކުރާނަމަ ސަރުކާރުން އިތުރަށް ޓެކްސް ނަގަންޖެހޭނެކަމަށާއި އެކަން ނުވާނަަމަ ދެން ޖެހޭނީ ބޭރު ގައުމުތަކުން ދަރަންޏަށް ފައިސާ ނަގަންކަަމަށެވެ.
އުއްޗު ވިދާޅުވީ ރާއްޖޭގެ ރަށްތައް ހުންނަ ގޮތުގެ ސަބަބުން ކޮންމެ ރަށަކަށް ހޮސްޕިޓަލެއް އަދި އޮޕަރޭޝަން ތިއޭޓަރު ތަކެއް ބޭނުންވާކަމަށާއި އެކަން ނުކޮށް ލަސްވާނަަމަ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ޕްރެޝަރ އަންނަ ކަމަށެވެ.
"އެހެންވީމާ ސަރުކާރުން ކޮންތާކުންތޯ ލާރިހޯދާނީ؟ ސަރުކާރުން އެބަޖެހޭ ނަގަން، ކޮންމެވެސްތާކުން. ނަގައިގެން ނޫނި ކިހިނެއް އެކަމެއް ކޮށްދެނީ؟" އުއްޗު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް