1.8 މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
1.8 މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި އެވެ.
ކަސްޓަމުން ބުނީ ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. މި ތަކެތި އަތުލައިގަތީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.
އަތުލައިގަތީ 941 ގްރާމްގެ މަސްތުވާތަކެއްޗެވެ. އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިން އެވެ.
ކަސްޓަމުން ބުނި ގޮތުގައި މި ތަކެތީގެ މަގުމަތީ އަގު 1.8 މިލިއަން ދިވެހި ރުފިޔާއަށް އަރާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް