ރިސޯޓެއްގައި 21 އަހަރުގެ ޒުވާނަކު މަރުވި މައްސަލައެއް، ތަހުގީގަށް އޮޓޮޕްސީ ހަދަނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ރިސޯޓެއްގައި 21 އަހަރުގެ ޒުވާނަކު މަރުވި މައްސަލާގައި ތަހުގީގަށް އޮޓޮޕްސީ ހަދަން ނިންމައިފި އެވެ.
ފުލުހުން އެކަން ހާމަކޮށްފައިވަނީ ޒުވާނާގެ ހަށިގަނޑު އާއިލާއާ ހަވާލުނުކޮށް މޯޗަރީގައި ބާއްވާތީ އެކަމާ އާއިލާ އިން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
ފުލުހުން މިއަދު ބުނީ ބ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި 21 އަހަރުގެ ދިވެހި ފިިރިހެނަކު މަރުވެފައިވާ މައްސަލަ މި މަހުގެ 23 ވަނަ ދުވަހު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި ބުނީ މި މައްސަލާގައި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލާ މަރުވި ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހެދުމަށް ތަހުގީގު ޓީމުން ނިންމާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
އޮޓޮޕްސީ ހަދަން ހަށިގަނޑު ގެންދާނީ އިންޑިއާ އަށެވެ. އެކަމަށް އަދި ހޭދަވާނީ ކިހާ ދުވަހެއް ކަމެއް ފުލުހުން ނުބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް