އަދީބު ގޭބަންދަށް ބަދަލުކޮށްފި
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ގޭބަންދަށް ބަދަލުކޮށްފިއެވެ.
އަދީބު މިރޭ ބަދަލުކޮށްފައިވަނީ އޭނާގެ އަނބިކަނބަލުންގެ ގެކޮޅުކަމުގައިވާ ގ.ހުމަށިއަށެވެ. އެގެއަށް އަދީބު ބަދަލުކުރިއިރު، އެބޭފުޅާ ރައީސްކަން ކުރައްވާ އެމްޓީޑީގެ ސަޕޯޓަރުން ވަނީ އެ ސަރަހައްދުގައި އަދީބްއަށް މަރުހަބާ ކިޔާފައެވެ.
އެބޭފުޅާ މިރޭ ގޭބަންދަށް ބަދަލުކޮށްފައިވަނީ ހައިކޯޓުގެ ވަގުތީ އަމުރަކާއި ގުޅިގެންެނެވެ.
މި އަމުރު ނެރެފައިވަނީ އަދީބުގެ ފަރާތުން މައްސަލަ ހުށައެޅުމުން ހައިކޯޓުންނެވެ.
މި އަމުރުގައި ބުނެފައިވަނީ އަދީބުގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް، އޭނާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދި ހުށައެޅި މައްސަލައިގައި ވަކި ގޮތެއް ނިމެންދެން އަދީބު، ގޭބަންދުގައި ބެހެއްޓުމަށް ވަގުތީގޮތުން އަމުރުކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް