ފިނޭންސް މިނިސްޓްރީގެ ނައިބުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިނިސްޓަރ އޮފް ފިނޭންސްގެ ނައިބުގެ މަގާމަށް މާފަންނު ސެވެންސްޓާރ، އަހްމަދު އިމާން މޫސާ މިއަދު އައްޔަނު ކުރައްވައިފިއެވެ.
މިނިސްޓަރ އޮފް ފިނޭންސްގެ ނައިބުގެ މަގާމަށް މިއަދު އައްޔަން ކުރެއްވި އިމާން މޫސާ ވަނީ އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ކުއީންސްލޭންޑުން އިންޓަރނޭޝަނަލް އިކޮނޮމިކްސް އެންޑް ފައިނޭންސްގެ ދާއިރާއިން މާސްޓާރސް ޑިގްރީ ހާސިލު ކުރައްވާފައެވެ.
އިމާން މޫސާ އެންމެ ފަހުން އަދާކުރައްވާފައިވަނީ ސްކަލް ފިޝިންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމެވެ. މީގެ އިތުރުން އިމާން ވަނީ ދިރާގާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް