ދީނަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު އެމްޑީއެން ގެ މެންބަރުންގެ ދިފާއުގައި ފުލުހުން!
މިހާރުގެ ޕޮލިސް ކޮމިޝަނަރ ހަމީދު ބޯޑް މެންބަރުކަން ކުރައްވާފައިވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް ޖަމިއްޔާއިން ތައްޔާރު ކުރި ރިޕޯޓެއްގައި ޤުރުއާނަށާއި ކީރިތި ރަސޫލާ (ސ.އ.ވ) އަށް ބަދުބަސް ރައްދުވާ ގޮތަށް ލިޔެފައިވާ މައްސަލަ ބޮޑުވެ ޢަންމުންގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ފުލުހުން އެމްޑީއެންގެ ދިފާއުގައި ނިކުމެއްޖެއެވެ.
އެމްޑީއެންގެ ރިޕޯޓުގައި އިސްލާމީ ހުދޫދު ތަކަކީ އަނިޔާގެ ގޮތުގައި ސިފަކޮށްފައިވާއިރު އިސްރާ އާއި މިޢުރާޖަށް ކީރިތި ރަސޫލާ އަރާވަޑައިގެންނެވުމަކީ "ޚިޔާލީ ވާހަކައެއް"ގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. މީގެ އިތުރުން ވެސް ކީރިތި ޤުރުއާނުގެ ސަބަބުން ގެވެށި އަނިޔާ އިތުރުވާ ކަމަށް ދޭހަވާ ގޮތަށް ވެސް އެ ރިޕޯޓުގައި ލިޔެފައިވާކަން ފާހަގަކުރެވެއެވެ.
#banMDN (Maldives Democracy Network) immediately! They can't talk like this. They are clearly going against Quran, Hadith and our very constitution. I suggest authorities to look into this matter ASAP.@ShimranAb @PoliceMv @dr_iyaz pic.twitter.com/rru2QLghru
— Ali Zaid (@alizaid1000) October 2, 2019
MDN are trying to invite people to criticise our beloved prophet. #BanMDN pic.twitter.com/ZqiXnyOqtu
— Muhammadh Adhuham (@M_Adhuham) October 3, 2019
މިއާއެކު އެމްޑީއެންގެ އިސްވެރިނަށް ގިނަ އަދަދެއްގެ ޢާންމުންނާއި، ދީނީ އިލްމުވެރިން އަދި ސިޔާސީ ފަރާތްތަކުން ފާޑުކިޔުން އަމާޒްވުމާއެކު ފުލުހުން ވަނީ އެމްޑީއެންގެ އިސްވެރިންގެ ފޮޓޯ ޢާންމު ކުރާ މައްސަލަ ބަލަމުން އަންކަމަށް ފުލުހުން ހާމަކުރައްވާފައެވެ. ނަމަވެސް އެމްޑީއެމްގެ ރިޕޯޓުގައި ހިމެނިފައިވާ ނަފުރަތު އުފެދޭ ވާހަކަތައް ފުލުހުންގެ ސަމާލުކަމަށް އައިސްފައިނުވާކަމަށް ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ވަނީ ވިދާޅުވެފައެވެ.
It’s clear that whoever wrote this report at MDN believes that the holy Quran is just an earthly book and that Islam is just another religion. MDN should not be allowed to operate and make recommendations on what we teach to our kids. #BanMDN @ShimranAb @ibusolih @FaisalNasym pic.twitter.com/xbbP9JqEQa
— Hamdhan Shakeel (@HamdhanShakeel) October 3, 2019
#banMDN (Maldives Democracy Network) immediately! They can't talk like this. They are clearly going against Quran, Hadith and our very constitution. I suggest authorities to look into this matter ASAP.@ShimranAb @PoliceMv @dr_iyaz pic.twitter.com/rru2QLghru
— Ali Zaid (@alizaid1000) October 2, 2019
ރާއްޖޭގައި ޣައިރު މުސްލިމުންނަށް އަޅުކަން ކުރެވޭ ގޮތަށް ތަންތަން ހަދަން ޖެހޭ ކަމަށް ވަކާލާތުކޮށް ވެސް އެމްޑީއެންގެ ރިޕޯޓުގައި ލިޔެފައިވާއިރު އެކަމާއި ދެކޮޅަށް ބައެއް ދީނީ އިލްމުވެރިން ވެސް ވަނީ ވާހަކަ ދައްކަވާފައެވެ.

These people are questioning the inimitablity and verifiability nature of the Qur’an and even going as far as making queries on the existence of Allah (SWT).
— Azhart (@Azhartu) October 3, 2019
This cannot be acceptable! #BanMDN
Shame on you @MDN_mv @MushfiqMohamed @NooshinWaheed pic.twitter.com/y5NoKey7AJ
އެމްޑީއެންގެ ރިޕޯޓެއްގައި ދީނަށް ފުރައްސާރަކޮށް ލިޔެފައި ވީ ނަމަވެސް ދާދި ފަހުން ރައީސް އޮފީހަށް ކައުންޓާ ޓެރަރިޒަމް ކޮންސަލްޓަންޓެއްގެ ގޮތުގައި އެމްޑީއެންގެ ޗެއާޕާސަން ނޫޝިން ވަހީދު ވަނީ އައްޔަން ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް