ރޭ ސިޑްނީއިން އޮަޅިގެން މަރުހަބާކީ 2018އަށް؟
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާ އަހަރަކަށް ރޭ މަރުހަބާ ކިޔާފައިވަނީ އުފަލާއި ހުނުމުގެ ތެރެއިންނެވެ. ހަވާގެ ކުޅިވަރާއި މިއުޒިކާއި ޑާންސްގެ ތެރެއިން 2019 ވަނަ އަހަރަށް މުޅި ދުނިޔެވަނީ މަރުހަބާ ކިޔާފައެވެ.
ނަމަވެސް އޮސްޓްރޭލިޔާގެ ސިޑްނީގެ އާ އަހަރު ފާހަގަކުރުމުގެ ހަރަކާތްތައް ފެށިގެންދިޔައީ ތަފާތު ގޮތަކަށެވެ. އެ ޝަހަރުން ރޭ އޮޅިގެން ހަވާފަޓާހުގައި މަރުހަބާ ކިޔާފައިވަނީ 2018ވަނަ އަހަރަށެވެ.
ރޭ އެޝަހަރުގައި ހަވާ އެރުވި ވަގުތުގައި ހާބަރ ބްރިޖްގެ ފާރަކަށް އެރުވި ޕްރޮޖެކްޝަންގައި އޮޅިގެން މަރުހަބާ ކިޔާފައިވަނީ 2018 ވަނަ އަހަރަށެވެ.
މިކަން ކުރިން ފާހަގަވެފައިނުވުމުން ހަވާއެރުވި ވަގުތުގައި ނެގުނު ގިނަ ފޮޓޯތަކާއި ވީޑިޔޯތަކަށް ވަނީ މި މަންޒަރު އަރާފައެވެ. ސިޑްނީއިން އޮޅިގެން 2018ވަނަ އަހަރަށް އަލުން މަރުހަބާކީ މަންޒަރު އެހެންކަމުން މުޅި އިންޓަރނެޓްގައިވަނީ ވައިރަލްވެފައެވެ.
މިކަން ގިނަބަޔަކަށް މަޖާވެފައިވާއިރު، އެއްވެސް ފަރާތަކުން އަދި މި ޓެކްނިކަލް މައްސަލައާއި ގުޅިގެން މައާފަށް އެދިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް