އެމްޓީޑީސީން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 50 ލާރި ބެހުމަށް ނިންމައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޓް (އެމްޓީޑީސީ) ގެ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް ބެހުމަށް ނިންމައިފިއެވެ.
އެމްޓީޑިސީން މިގޮތަށް ނިންމާފައިވަނީ މިރޭ ހޮޓެލް ޖެންގެ ބޯލްރޫމްގައި ބޭއްވި އެކުންފުނީގެ 2024 ވަނަ އަހަރީ އާއްމު ޖަލްސާގައެވެ. ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވަނީ ހިއްސާއަކަށް ބެހުމަށެވެ. އެ އަދަދު ބެހުމަށް ފާސްކުރީ ޖަލްސާގައި ބައިވެރިވި 108 ހިއްސާދާރުންގެ ވޯޓުްންނެވެ. މިރޭގެ ޖަލްސާގައި 82 ހިއްސާދާރުން ހާޒިރުވިއެވެ.
އެމްޓީޑީސީއަށް މިދިޔަ އަހަރު ސާފްފައިދާގެ ގޮތުގައި 1.9 މިލިއަން ޑޮލަރު، ނުވަތަ ދިވެހި ރުފިޔާއިން ބަލާނަމަ، 29.3 މިލިއަން ރުފިޔާ ލިބުނެވެ.
އެމްތީޑީސީއަކީ ޓޫރިޒަމްގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާގޮތެއްގައި ހޯދައިދިނުމަށްޓަކައި ރައީސް މައުމޫނުގެ ވެރިކަމުގައި 2006 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް