މަލިކު އަނބުރާ ހޯދާކަށް ސަރުކާރުން ނޫޅެން: ތަރުޖަމާނު
މިހާރު އިންޑިޔާގެ ބެލުމުގެ ދަށުގައިވާ ކުރީގައި ރާއްޖޭގެ ރަށެއް ކަމުގައިވާ މަލިކު އަނބުރާ ހޯދުމަށް ސަރުކާރުން ނޫޅޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.
ހޫޫދު މިހެން ވިދާޅުވީ ޓްވިޓަރ މެދުވެރިކޮށެވެ.
އެބޭފުޅާ ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ކާށިދޫ ދާއިރާގެ އިންތިޚާބީ މެންބަރ އަބްދުﷲ ޖާބިރު ޕީއެސްއެމް ނިއުސްގައި ދެއްވި ބަސްދީގަތުމުގައި މަލިކާއި ލަކްޝަދްވީޕް ރަށްތަކާއި ބެހޭގޮތުން ދެއްކެވި ވާހަކަފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވިސްނުންފުުޅު ނޫންކަމަށާއި އެއީ ސަރުކާރުގެވެސް ވިސްނުން ނޫންކަމަށެވެ.
ޕީއެސްއެމް ނިއުސްގެ ބަސްދީގަތުމުގައި ޖާބިރު ބުނީ ދިވެހިންގެ އަތުން މަލިކު ގެއްލުނު މައްސަލަ ބަލަންޖެހޭ ކަމަށާއި އެކަން ވެެގެންދިޔައީ ރާއްޖެ ފަގީރުވުމުގެ ސަބަބުން ކަމަށެވެ.
އަދި ޖާބިރު ވަނީ މަލިކުގެ މައްސަލައިގައި ރާއްޖެއާއި އިންޑިޔާ މަޝްވަރާ ކުރަންޖެހޭ ކަމަށް ބުނެފައެވެ. އަދި އެ މައްސަލައިގައި ފޮރިން މިނިސްޓަރ ޝާހިދު މަޖިލީހަށް ހާޒިރުކުރާނެކަމަށްވެސް ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް