އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށް
ލިޔުންތެރިޔާ
ސްޓާފް ރައިޓަރ
އޮމަދޫގައި އިމާރާތްކުރަމުންދާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ތާވަލާއެއްގޮތަށް މަސައްކަތް ކުރިއަށްދާކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ، މިހާރު ކުރިއަށްދަނީ ފުލުހުންގެ އިމާރާތުގެ ފުރާޅު ހިޔާކުރުމުގެ މަސައްކަތާއި، އިންފާރު ރޭނުމުގެ މަސައްކަތް ކަމަށެބެ. މީގެ އިތުރުން ޕޮލިސް ޕޯސްޓް އިމާރާތުގެ ރޭނުމުގެ މަސައްކަތްތަވެސް ކުރިއަށްދާކަމަށް ބުންޏެވެ.
އދ. އޮމަދޫ ޕޮލިސް ސްޓޭޝަން އިމާރާތުގެ ބިންގާ އަޅާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އޮމަދޫއަށް ކުރެއްވި ޒިޔާރަތުގައެވެ. އެ އިމާރާތުގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ 7 ވަނަ ދުވަހުއެވެ.
ސަރުކާރާއި ރައްޔިތުންގެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގެ އަގަކީ 2.2 މިލިއަން ރުފިޔާއެވެ. ފުލުހުންގެ މަރުކަޒު ނެތް ރަށްރަށުގައި ފުލުހުންގެ އިމާރާތް އެޅުމަކީ މި ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް