އިންޑިޔާ ސިފައިންގެ އެހީގައި ހާލުބޮޑުވި ތުއްތު ކުއްޖަކު މާލެ ގެނެސްފި
ދ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ ތުއްތު ކުއްޖަކު ސިއްހީ ފަރުވާ އަށް މާލެ ގެނައުމަށް ރާއްޖޭގައި ތިބޭ އިންޑިޔާ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެގޮތުން އިންޑިޔާ ސިފައިން ރާއްޖޭގައި ދުއްވާ ހެލިކޮޕްޓަރުގައި ތުއްތު ކުއްޖާ އާއި އެކުއްޖާގެ މަންމަގެ އިތުރުން ނަރުހަކު ވަނީ މާލެ އައިސްފައެވެ.
އެމްއެންޑީއެފް އިން މީޑިޔާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ގޮތުގައި ދ.އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަ ހާލު ދެރަ ތުއްތު ކުއްޖަކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފައިވާ ކަމަށެވެ.
އެމްއެންޑީއެފުން މިގޮތަށް ހާމަކުރި ނަމަވެސް ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރުމުގައި އަމަލީ ގޮތުން ބައިވެރިވަނީ އިންޑިޔާ ސިފައިންނެވެ.
މާލެ ގެނައި ކުއްޖާ އާއި ބެހޭ މައުލޫމާތު ދ.އަތޮޅު ހޮސްޕިޓަލާއި އަދި އައިޖީއެމް ހޮސްޕިޓަލުން ވެސް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.
ކުއްޖާގެ ހާލަތާއި ބެހޭ އިތުރު މައުލޫމާތެއް ރަސްމީ އިދާރާއަކުން ސާފުވާގޮތެއް ނުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް