އަމާޒަކީ ރަށްތައް ހިންގުމުގެ ބާރުތައް ކައުންސިލްތަކަށް ދޫކޮށްލުން: ރައީސް
ސަރުކާރުގެ ސިޔާސަތަކީ ރަށްތަކުގެ ކަންތައްތައް ހިންގުމުގެ ބާރު މައި ސަރުކާރުން ދޫކޮށްލައި، އެ މަސައްކަތްތައް އެއްކޮށް ރަށު ކައުންސިލްތަކާއި ހަވާލުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލުކުރައްވަން ކަނޑައަޅުއްވާފައިވާ ވައުދުތަކުގެ ތެރެއިން، ރަށު ކައުންސިލްތަކުން ބޭނުންކުރުމަށްޓަކައި ފަރުމާކޮށްފައިވާ ވެބް ޕޯޓަލް "އައިލެންޑްސް.އެމްވީ" އިފްތިތާހް ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޞާލިހް ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ހަމައެކަނި ލާމަރުކަޒީ އުސޫލުން ރަށްތައް ހިންގުމުގެ ބާރު ލޯކަލް ކައުންސިލްތަކަށް ދިނުން ނޫންކަމަށެވެ. އަދި ހަމައެހެންމެ ރަށްތައް މާލީ ގޮތުން ފުދުންތެރި ކުރުވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"ޖަޒީރާވަންތަ ގޮތެއްގައި ރާއްޖެ ތަރައްގީ ކުރަން އަޅުގަނޑުމެން މަސައްކަތް ކުރާއިރު ރަށްރަށުގެ ފުދުންތެރިކަން އިތުރު ކުރަންޖެހ." ރައީސް ވިދާޅުވިއެވެ.
ރޭ އިފްތިތާހް ކުރި "އައިލެންޑްސް.އެމްވީ" ޕޯޓަލް މެދުވެރިކޮށް ރަށްތަކުގެ ފަތުރުވެރިކަމާ ގުޅޭ ކަންކަން ބެލެހެއްޓުމާއި، ރަށުން ލިބެން ހުންނަ ހުރިހާ ޚިދުމަތްތަކެއްގެ މައުލޫމާތު އެއްތަނަކުން ލިބިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް