ރައީސްގެ މެންބަރެއްގެ ގޮތުގައި ޖޭއެސްސީއަށް ޔަޒްމީދު
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ބޭފުޅަކު އައްޔަނުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވަނީ، ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރެއްގެ ގޮތުގަައި، ގއ.ވިލިނގިލި، ވައިޖެހޭގެ ޔަޒްމީދު މުހައްމަދު، މިއަދު އައްޔަނު ކުރައްވާފައިވާ ކަމަށެވެ. މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ވަނީ ގާނޫނުއަސާސީގެ 165 ވަނަ މާއްދާއާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގނޫނުގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޖުޑީޝަލް ސވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރު ކަމުން، ރ.އިނގުރައިދޫ، ހިތްވަރު މުހައްމަދު ސަމީރު ވަކިކުރައްވާފައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް