މުޣުނީގެ މައްސަލައިގައި އެމްޑީޕީގެ ސްޓޭންޑް ބަދަލެއްނުުކުރި!
ގެވެށި އަނިޔާގެ ތުހުމަތުގައި އެމްޑީޕީން ތާއިދުކުރުން ހުއްޓާލި އެޕާޓީގެ ތިނަދޫ އުތުރު ދާއިރާގެ ކެނޑިޑޭޓް އަބްދުލްމުޣުނީގެ މައްސަލަައިގައި އެމްޑީޕީގެ ސްޓޭންޑް ބަދަލު ނުކުރާނެ ކަމަށް އެޕާޓީން ބުނެފިއެވެ.
އެޕާޓީން މިހެން ބުނެފައިވަނީ މުޣުނީގެ މައްޗަށް ގެވެށި އަނިޔާގެ މައްސަލައެއް ހުށައެޅިފައި ނުވާކަމަށް ފުލުހުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.
ރާއްޖޭގެ އޮންލައިން ނޫހެއްކަމުގައިވާ އަވަސްއަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ މަޖިލިސް ކެމްޕެއިންގެ މެނޭޖަރ އަފްޝަން ލަތީފް ވިދާޅުވީ މުޣުނީގެ މައްސަލަ ފުލުހަށް ހުށަހަޅާފައި ނެތަސް އެ މައްސަލާގައި އަދިވެސް ޕާޓީގެ ސްޓޭންޑަކީ ކުރިން ވެސް އޮތް ގޮތް ކަމަށެވެ
މުޣުނީ ވަނީ އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކަށް އިންކާރުކޮށް، އިންތިޚާބުގައި ވާދަކުރައްވައި އެ އިންތިޚާބު ކާމިޔާބުވެސް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް