ވޯޓާސް ލިސްޓުގައި ކެނޑިޑޭޓުން ސޮއިކުރުން މެދުކަނޑާލައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އިންތިޚާބާބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ވޯޓާސް ލިސްޓުގައި ކެނޑިޑޭޓުން ސޮއިކުރުން މެދުކަނޑާލައިފިއެވެ.
އިލެކްޝަނުން މިރޭ ބުނީ، ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް މިވަގުތައް މެދުކަނޑާލާފައިވާކަމަށެވެ. ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ތާރީޚެއް ފަހުން އަންގާނެ ކަމަށް އިލެކްޝަނުން ބުންޏެވެ.
މިކަމާ ގުޅޭގޮތުން އިލެކްޝަންސް އިން ބުނީ ގުދަނުގައި ހުރި ތަކެތި ރައްކާތެރިކަމާއެކު އެހެން ތަނަކަށް ބަދަލުކޮށްފައިވާކަމަށެވެ. އަދި މާދަމައިން ފެށިގެން ސޮއިކުރުމުގެ ކަންކަން ކުރިއަށްދާނޭކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ފަހުން ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް